ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް(ޕީއެންސީ)ގެ ދާއިރާތަކުގެ އިންތިހާބުގެ ވޯޓުލުން ފަށައިފިއެވެ.
މި އިންތިހާބުގައި މިއަދު ހެނދުނު 09:00 ޖެހިއިރު ވޯޓުލުން ފެށިގެން ކުރިއަށްދާއިރު، ވޯޓުލުން ކުރިއަށް ދާނީ ހަވީރު 04:00 އަށެވެ.
މި އިންތިހާބުގައި މާލެ ސަރަހައްދުގައި 5 ތަނެއްގައި ވޯޓުފޮށިތައް ބަހައްޓާފައިވެއެވެ.
އަދި ރަށްރަށުގެ ވޯޓުލުން ކުރިއަށް ދާނީ ވޯޓުލުން ކުރިއަށް ގެންދަން ކަނޑައަޅާފައިވާ ސަރަހައްދުތަކުގައެވެ.
131 ރަށެއްގައި ކުރިއަށްދާ މި އިންތިހާބުގައި 2500 އެއްހާ ކެންޑިޑޭޓުން ވާދަކުރެއެވެ.
މާލެ ސަރަހައްދުގައި ވޯޓުފޮށި ބަހައްޓާފައިވާ ތަންތަނަކީ:
- އަމީނިއްޔާ ސްކޫލް: މާލެ، އައްޑޫ، ފުވައްމުލައް އަދި ތިނަދޫ ސިޓީގެ ދާއިރާތަކަށް މާލޭގައި ވޯޓުލާ މީހުންނަށް
- އިސްކަންދަރު ސްކޫލް: ސިޓީތައް ފިޔަވައި އެހެން އަތޮޅުތަކުގެ ދާއިރާތަކަށް މާލޭގައި ވޯޓުލާ މީހުންނަށް
- ކަމާލުދީދީ ޕްރީސްކޫލް: ހުޅުމާލެ އުތުރު ދާއިރާގެ މީހުންނަށް
- ރެހެންދި ސްކޫލް: ހުޅުމާލެ ދެކުނު ދާއިރާގެ މީހުންނަށް
- މުހިއްޔުއްދީން ސްކޫލް: ވިލިމާލެ ދާއިރާގެ މީހުންނަށް
އިންތިހާބާ ގުޅޭ އިޖުރާއީ އުސޫލުތަކާއި ވޯޓުލާން ދާންޖެހޭ ތަނުގެ މައުލޫމާތު ޕީއެންސީގެ ވެބްސައިޓުން މިހާރު ފެންނަން ހުންނާނެއެވެ.
