ޔޫކޭގެ ގްލޯބަލް އެއާލައިންސްގެ ދަތުރުތައް ދިވެހިރާއްޖެއަށް ފެށުމަށް ތައްޔާރުވެއްޖެއެވެ.

އެ އެއާލައިންގެ ދަތުރުތައް ރާއްޖެ އަށް ފަށަން ހަމަޖެހިފައި ވަނީ މި އަހަރުގެ ފަހު ކޮޅުގައެވެ. މި ދަތުރުތައް ކުރާނީ އެއާބަސް އޭ 380 މަރުކާގެ ބޯޓުތަކުގައެވެ.

ގްލޯބަލް އެއާލައިންސްގެ ދަތުރުތައް ރާއްޖެ އަށް ފެށުމުން ޔޫކޭއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް އެ އެއާލައިންސްގެ ފައުންޑަރ ޖޭމްސް ވިދާޅުވެފައިވެއެވެ.

ރާއްޖެ އަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރާ 10 ގައުުމުގެ ތެރޭގައި ޔޫކޭ ހިމެނޭއިރު، މި އަހަރުގެ މިހާތަނަށް އެކަނި ވެސް އެ ގައުމުން ރާއްޖެއަށް 89،200 އަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައިވެއެވެ.

ގްލޯބަލް އެއާލައިނަކީ 2021 ގައި ވުޖޫދަށް އައި އެއާލައިނެކެވެ.