ފީފާ ވޯލްޑް ކަޕް 2026 ގެ ކުއާޓާ ފައިނަލުގައި އާޖެންޓީނާއިން 1-3ގެ ނަތީޖާއިން ސްވިޒަލޭންޑް ބަލިކޮށްފިއެވެ.
މިއަދު ރާއްޖެ ގަޑިން 6:00ގައި ފެށި މެޗުގެ ފުރިހަމަ ވަގުތު 1-1 އިން ދެ ޓީމު އެއްވަރުވުމުން މެޗުގެ ނަތީޖާ ނެރުނީ 15 މިނިޓްގެ ދެހާފު ކުޅެގެންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި މެކް އަލިސްޓާ ލަނޑު ޖެހިއިރު، ދެވަނަ ހާފްގައި، 67 ވަނަ މިނިޓްގައި އެންޑޯޔޭ ޖެހި ލަނޑުން ސްވިޒަލެންޑް ނަތީޖާ އެއްވަރު ކުރިއެވެ.
މެޗުގެ 112 ވަނަ މިނިޓްގައި އާޖެންޓީނާއަށް ލީޑު ނަގައިދިން ލަނޑު ޖަހައިދިނީ ހޫލިއަން އަލްވަރޭޒްއެވެ. އޭގެފަހުން 120 މިނިޓް ހަމަވެ އިތުރަށް ދެއްކި ވަގުތުގައި އާޖެންޓީނާއަށް ތިންވަނަ ލަނޑެއް ޖަހައިދިނީ ލައުޓާރޯ މާޓިނޭޒްއެވެ.
އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއިން މިފަހަރުގެ ކުއާޓާ ފައިނަލަށް ދަތުރުކުރީ ހުރިހާ މެޗެއް ކާމިޔާބުކޮށްގެންކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އާޖެންޓީނާ ވަނީ ގްރޫޕު ސްޓޭޖުގައި އަލްޖީރިއާއާއި އޮސްޓްރިއާ އަދި ޖޯޑަން އަތުން މޮޅުވެފައެވެ.
މުބާރާތުގެ ސެމީ ފައިނަލްގައި އާޖެންޓީނާ ބައްދަލު ކުރަންޖެހޭނީ އިންގްލެންޑާއެވެ.

