ވެރިރަށް މާލޭގައި، އުސްފަސްގަނޑު ކައިރީގައި ލޮރީއަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެއެވެ.

އެކްސިޑެންޓުގައި ނިޔާވީ ފިރިހެނެކެވެ. އޭނާ އައިޖީއެމްއެޗަށް ގެންދެވުނުއިރު ވެސް ވަނީ ނިޔާވެފައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ބޮޑުތަކުރުފާނު މަގު، ދަރުބާރުގެ ކައިރީ ސައިކަލަކާއި ލޮރީއެއް ޖެހި އެކްސިޑެންޓް ވެފައިވާ މައްސަލަ މިއަދުގެ 15:57 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ލޮރީއަކާއި ސައިކަލެއް ޖެހި ހިނގި މި އެކްސިޑެންޓުގައި، ސައިކަލު ދުއްވަން އިން އަންހެންމީހާގެ ބޯ ޗިސްވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.