ރައީސް ޑރ.މުހައްމަދު މުއިއްޒު ގަތަރަށް ވަޑައިގަންނަވައިފިއެވެ.
ގަތަރަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ އެޤައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު ޝައިހު މުހައްމަދު ބިން އަބްދުﷲ ބިން މުހައްމަދު އަލްޘާނީއެވެ.
އަރިހުގައި ރާއްޖެއިން ގަތަރަށް ކަނޑައަޅުއްވާފައިވާ ސަފީރު އާދަމް ޝަރީފު އުމަރު ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސްގެ މި ދަތުރުފުޅަކީ ގަތަރުގެ ކުރީގެ އަމީރު ޙަމަދު ބިން ޚަލީފާ އާލް ޘާނީ އިއްޔެ އަވަހާރަވުމާ ގުޅިގެން، އެޤައުމުގެ އަމީރުޝައިޚް ތަމީމް ބިން ހަމަދު އާލް ޘާނީ އާއި ޝާހީ އާއިލާއަށާއި ގަތަރުގެ ރައްޔިތުންނަށް ދިވެހިރައްޔިތުންގެ ފަރާތުންނާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ތައުޒިޔާ ދެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.
ހަމަދު އަވަހާރަވުމާ ގުޅިގެން އެޤައުމުގައި ބާއްވާ ރަސްމީ ހިތާމަފާޅުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ދުނިޔޭގެ ގިނަ ޤައުމުތަކެއްގެ މަންދޫބުން ޤަތަރަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވެއެވެ.
އެ ގައުމަށް ރައީސް މުއިއްޒު މިއަދު ވަޑައިގެންނެވި އިރު، ހަމަދު އަވަހާރަވުމުގެ ހިތާމައިގައި ދިވެހި ދިދަ ބައިދަނޑިއަށް އެއް ދުވަހަށް ވަނީ ތިރިކޮޮށްފައެވެ.
އެއީ މިއަދު މެންދުރު 12:00 އިން މާދަމާގެ މެންދުރު 12:00 އަށެވެ.

