މި އަހަރުގެ މިހާތަނަށް ހިމަބިހި ޖެހުނު މީހުންގެ އަދަދު 144 އަށް އަރައިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެ އެޖެންސީން މިއަދު އާންމުކުރި އާންމުކުރި ތަފާސް ހިސާބުގައިވާ ގޮތުން، މިދިޔަ ހަފުތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 23 ކޭސް ފެނިފައިވެއެވެ.
އަދި މިދިޔަ ހަފުތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 55 ކޭސް ފެނިފައިވެއެވެ.
މެއި މަހުން ފެށިގެން ރާއްޖެ އިން ހިމަބިހީގެ ކޭސްތައް ފެންނަން ފެށުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ދާދި ފަހުން މުޅި ރާއްޖޭގައި ވަނީ އެމްއާރް ވެކްސިން ޕްރޮގްރާމެއް ވެސް ފަށައިފައެވެ. އެގޮތުން މިހާތަނަށް 7،100 މީހަކަށް ވެކްސިން ދީފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ހިމަބިހީގެ އަލާމާތްތަކުގެ ތެރޭގައި ގަދަޔަށް ހުން އައުމާއި ނޭފަތުން އަރިދަފުސް ނުވަތަ ފެންއައުމާއި ކިނބިހިއެޅުމާއި ކަރުތެރެ ހަލާކުވެ ފާރުވުމާއި ކެއްސުމާއި ވަރުބަލިވުމާއި ނުތަނަވަސްވުމާއި ގައިގައި ނުވަތަ މަސްތަކުގައި ރިހުމުގެ އިތުރުން ކާހިތްނުވުން ހިމެނެއެވެ.

