ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު 66 ބޭފުޅަކަށް ދިނުމަށް ނިންމައިފިއެވެ.

މި އިނާމު ދިނުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ޖަލްސާގައެވެ.

މި ޖަލްސާގައި ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު އެރުވޭ ބޭފުޅުންނަކީ، ދިވެހި ދައުލަތަށް 41 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވައިފައިވާ ބޭފުޅުންގެ ތެރެއިން މިހާތަނަށް އިނާމު އެރުވިފައިނުވާ ބޭފުޅުންނަށް މި އިނާމު އެރުވުމަށް ރައީސް ނިންމަވައި، އެ ބޭފުޅުންގެ ރެކޯޑުތައް ރައީސް އޮފީހުން ބެލުމަށްފަހު ގައުމީ އިނާމާބެހޭ ކޮމިޓީއަށް ފޮނުއްވުމުން، އެ މައުލޫމާތު، ކޮމިޓީން ދިރާސާކޮށް އެ ބޭފުޅުންނާ ކޮމިޓީން ބައްދަލުކޮށް އެ ބޭފުޅުންގެ ތެރެއިން އިނާމަށް ޝަރުތު ފުރިހަމަވި ބޭފުޅުން ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ދޭން ފެށި ފަހުން ވަކި މުއްދަތަކަށް ހިދުމަތް ކުރައްވައިފައިވާ ބޭފުޅުންގެ ނަން ކޮންމެ އަހަރަކުވެސް ގައުމީ އިނާމާބެހޭ ކޮމިޓީއަށް ރައީސުލްޖުމްހޫރިއްޔާ ފޮނުވައެވެ.

މިހާތަނަށް 42 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވައިފައިވާ ބޭފުޅުންގެ ނަން ގައުމީ އިނާމާބެހޭ ކޮމިޓީއަށް ރައީސް ފޮނުއްވުމާ ގުޅިގެން އެ ބޭފުޅުންނަށް މި އިނާމު ވަނީ އަރުވައިފައެވެ.