ހުޅުމާލެ، މިސްކިތަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުންގެ ހިދުމަތުން ބަލަން ފަށައިފިއެވެ.
މިއީ މިސްކިތެއްގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުން ދިން މައްސަލައެކެވެ.
ފުލުހުން ބުނީ، މި މިސްކިތަަށް ގެއްލުން ދީފައި ވަނީ ރޭ ފަތިހުގެ ވަގުތެއްގައި ކަަމަށެވެ. އެގޮތުން ރޭ ފަތިހު 3:47 އެހައިކަންހާއިރު ފުލުހުންނަށް މި މައްސަލަ ރިޕޯޓްކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައިގައި އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

