ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ)ގެ މަގާމަށް ބޭފުޅަކު ހަމަޖައްސައިފިއެވެ.

މި މަގާމަށް ހަމަޖެއްސީ މާލީ ދާއިރާގައި ގިނަ އަހަރުތަކެއްގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ މުހައްމަދު އަހުމަދުއެވެ.

ހިއްސާގެ ބާޒާރު ރެގިއުލޭޓް ކުރާ އިދާރާގެ ސީއީއޯގެ މަގާމަށް މުހައްމަދު އަހްމަދު ހަމަޖެއްސީ މިދިޔަ ހަފްތާގެ ތެރޭގައެވެ.

މުހައްމަދު އަހްމަދު ވަނީ ފިނޭންސް މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީގެ އިތުރުން ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގައިވެސް މަސައްކަތް ކުރައްވާފައެވެ.

ސީއެމްޑީއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމުގައި މުހައްމަދު އަހްމަދުގެ ކުރިން ހުންނެވީ މުހައްމަދު ހުސައިން މަނިކުއެވެ.