ހުޅުމާލޭގައި ހުންނަ އަޒީޒާ މޫސާ މިސްކިތަށް އަނެއްކާ ވެސް ގެއްލުންދީފިއެވެ.
އެންމެ ފުރަތަމަ، އެ މިސްކިތަށް ގެއްލުން ދިނީ، މި މަހުގެ 20 ވަނަ ދުވަހުއެވެ.
ުފުލުހުން މިރޭ ބުނީ، މި މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތް، މިރޭ ހަމަ އެ މިސްކިތަށް ގެއްލުން ދިން ކަމަށްވެސް ތުހުމަތު ކުރެވޭ ކަމުގައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ނުވާ ކަމަށް ވެސް ބުންޏެވެ.
މި މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތް، ފުލުހުންނާއި ކަމާގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ކުރެވުނު މަސައްކަތުން މިހާރު ވަނީ މުޖުތަމައުން އެކަހެރިކުރެވިފައެވެ.
ފުލުހުން ބުނިގޮތުގައި، އެ ފަރާތަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ދަނީ ކުރަމުންނެވެ.

