ނުރައްކާތެރިށް ސިނަމާލެ ބްރިޖްމަތީގައި ދުއްވި ތިން ސައިކަލެއް ފުލުހުން ޓޯކޮށްފި އެވެ.

އެ ސައިކަލްތައް ޓޯކުރީ އާންމުންގެ ހިތްތަކަށް ބިރުވެރިކަން އުފެދޭ ގޮތަށް ނުރައްކާތެރިކޮށް ސައިކަލްތަކެއް ދުއްވާ މަންޒަރު ފެންނަް ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވެ، އެކަން ފުލުހުންގެ ސަމާލު ކަމަށް އައުމާ ގުޅިގެންނެވެ.

ފުލުހުން ބުނީ ތިން ސައިކަލު ޓޯކުރީ އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދާ ހިލާފުވުމުގެ ސަބަބުން ކަމަށާއި ތިން ސައިކަލު ވެސް ޓޯކުރީ 30 ދުވަހުގެ މުއްދަތަށް ކަމަށެވެ.

ބްރިމަތީގައިގައި ނުރައްކާތެރި ދުއްވި ސައިކަލްތަކެއް ޓޯކުރި، ބްރިޖާއި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުން ވަރަށް އާންމުވެފައިވާއިރު، މިއީ ގިނަ ބަޔަކު ކަންބޮޑުވުންފާޅު ކުރަމުންދާ ކަމެކެވެ.