ބަންގްލަދޭޝް އިން ރާއްޖެއަށް 20،000 ގަސް ހަދިޔާކޮށްފިއެވެ.
އިއްޔެ ހަވީރު ލޮނުޒިޔާރަތް ޕާކުގައި ބޭއްވި ރަސްމިއްޔާތެއްގައި ބަންގްލަދޭޝް ސަރުކާރުގެ ހަދިޔާކުރެއްވި ގަސްތައް ރާއްޖެއާ ރަމްޒީ ގޮތުން ހަވާލުކޮށް ދެއްވީ، މި ވަގުތު ރާއްޖޭގައި ހުންނެވި ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ޑރ. ޚަލީލުއް ރަޚްމާނެވެ.
ގަސްތަކާ ރާއްޖޭގެ ފަރާތުން ހަވާލުވުވެވަޑައިގަތީ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމާއި ތިމާވެއްޓާ ބެހޭ މިނިސްޓަރު ޢަލީ ޝަރީފެވެ.
ބަންގްލަދޭޝް އިން ހަދިޔާކުރި ގަސްތަކަކީ މިހާތަނަށް ބޭރު ޤައުމަކުން ރާއްޖެއަށް އެންމެ ގިނައިން ގަސް ހަދިޔާކުރި ފަހަރެވެ.
ބަންގްލަދޭޝްއިން ހަދިޔާކުރި ގަސްތަކުގެ ތެރޭގައި ހިމެނެނީ ތިން ވައްތަރެއްގެ ގަހެވެ.
އެއީ ހިޔާދޭ ގަސްގަހާއި، މާ އަޅާ ގަސްތަކުގެ އިތުރުން މޭވާ ގަސްތަކެވެ.
އިއްޔެ ތިން މިނިސްޓަރިން ލޮނުޒިޔާރަތް ޕާކުގައި ގަސް ވެސް އިންދެވިއެވެ.

