ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު، ޑރ. ހަލީލުއްރަހްމާން ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.
ޑރ. ހަލީލުއްރަހްމާން ރާއްޖެ ވަޑައިގެންނެވީ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގަތުމަށް، ދިވެހި ސަރުކާރުގެ ހާއްސަ މެހެމާނެއްގެ ގޮތުގައެވެ.
މިއީ މި އަހަރުގެ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހު ހަލީލުއްރަހްމާން މަގާމާ ހަވާލުވެ ވަޑައިގަތުމަށްފަހު ރާއްޖެއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރެވެ.
މި ދަތުރުގައި ހަލީލުއްރަހްމާން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ.
އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމްއާއެކު ބޭއްވި ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން ބަދަހި ކުރުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ.

