ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ އައްނަބީލާ ހަބީބާ ހުސައިން ހަބީބު އަވަހާރަވެއްޖެއެވެ.
ހަބީބާ އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތީ އައިޖީއެމްއެޗްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
އަވަހާރަވި އިރު އުމުރުފުޅަކީ 92 އަހަރެވެ.
ދައުލަތަށް 49 އަހަރަށްވުރެ ދިގު މުއްދަތެއްގައި ވަރަށް އިހްލާސްތެރި ހިދުމަތްތަކެއް ކުރެއްވި ހަބީބާ ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން، އެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ތައުޒިޔާ ވިދާޅުވެފައެވެ.
