ކުޑަކުދިންނަށް ކުރާ އަނިޔާގެ 109 މައްސަލައެއް މިދިޔަ މަހު ރިޕޯޓު ކޮށްފިއެވެ.

Advertisement
Advertise with us

ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާގެ ރިޕޯޓުން ހާމަވާ ގޮތުގައި، މިދިޔަ މަހު މި ބާވަތުގެ 27 މައްސަލައެއް ރިޕޯޓް ކުރިއިރު، އޭގެ ތެރޭގައި ހިމެނެނީ ނުވަ ފިރިހެން ކުދިންނާއި 18 އަންހެން ކުދިންނާ ގުޅުން ހުރި މައްސަލައެވެ.

ދެވަނަ އަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ޖިންސީ ހާނިއްކައިގެ މައްސަލައެވެ. އެގޮތުން މި ބާވަތުގެ 24 މައްސަލައެއް ރިޕޯޓްކުރިއިރު، އޭގެ ތެރޭގައި ހިމެނެނީ ހަ ފިރިހެން ކުދިންނާއި 18 އަންހެން ކުދިންނާ ގުޅުން ހުރި މައްސަލައެވެ.

އޭގެ އިތުރުން އެ ވުޒާރާއަށް ހުށަހެޅުނު ކުޑަކުދިންނާއި ގުޅުން ހުރި މައްސަލަތަކުގެ ތެރޭގައި ޖިސްމާނީ ހާނިއްކައިގެ 19 މައްސަލަ އާއި، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 14 މައްސަލައާއި، ނަފްސާނީ ގޮތުން އިހުމާލުވުމުގެ ނުވަ މައްސަލައާއި، ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ފަސް މައްސަލަ އާއި، އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ ހަތަރު މައްސަލަ އާއި، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަން ނުވަތަ ބްލެކްމެއިލް ކުރުމުގެ ތިން މައްސަލަ އާއި، ކުޑަކުދިންގެ ބަދުއަހްލާގީ އަމަލު ހިންގާ ވީޑިއޯތަކާއި ގުޅޭ ދެ މައްސަލަ އާއި، ކުޑަކުދިން ޖިންސީ ގޮތުން ”ގްރޫމް“ ކުރުމުގެ އެއް މައްސަލަ އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ އެއް މައްސަލަ ހިމެނެއެވެ.

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ މައްސަލަތަކާއި ގުޅިގެން އޮކްޓޯބަރު މަހު އެ ވުޒާރާއަށް ރިޕޯޓުކޮށްފައިވަނީ އަންހެން ކުދިންގެ 62 މައްސަލައަކާއި ފިރިހެން ކުދިންގެ 47 މައްސަލަ ކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.

އަދި އޮކްޓޯބަރު މަހު އެ ވުޒާރާއަށް ކުދިންގެ އަހްލާގީ މައްސަލަތަކާ ގުޅޭ 35 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ.