ތަކެތީގެ އަގުބޮޑުވާ މައްސަލަ ހައްލުކުރަން މި ސަރުކާރުން މަސައްކަތް ކުރަނީ ސިޔާސަތެއް އެލުލަވާލައިގެން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

Advertisement
Advertise with us

މިނިސްޓަރު ސައީދު މިހެން ވިދާޅުވީ ބާޒާރުގައި ކެރެޓުގެ އަގު އިންތިހާއަށް އުފުލުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން ނިމިގެން ދިޔަ ސަރުކާރުގައި 2021ވަނަ އަހަރުވެސް ކެރެޓް ކިލޯއެއްގެ އަގު 140 ރުފިޔާއަށް އެރިކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެ ވާހަކަ މިހާރު އިދިކޮޅުގައި އޮތް ނޫހެއްގައިވެސް ޖެހި ކަމަށެވެ.

ނަމަވެސް މިހާރު ތަކެތި އަގުބޮވުވުމުން ސަރުކާރުން އަމުލުކުރަމުންދާ ގޮތް ތަފާތު ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

”ނަމަވެސް ކުރިއާއި ހިލާފަށް މިއަދުގެ ތަފާތަކީ އެކަން ޙައްލުކުރާނެ ސަރުކާރުގެ ސިޔާސަތެއް އެކުލަވާލެވި ވަގުތު ބޭކާރު ކުރުމެއްނެތި މައްސަލައަށް ހައްލުހޯދަމުން ދާކަން“ މިނިސްޓަރު ވިދާޅުވިއެވެ.

ބާޒާރުގައި ކެރެޓް އަގުބޮޑުވި ނަމަވެސް އެސްޓީއޯއިން މިހާރު ވެސް ދަނީ އަސާސީ ކާބޯތަކެތި އަގުހެޔޮކޮށް ވިއްކަމުންނެވެ.