ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ހަވާލުކުރި 75 ހައުސިންގ ޔުނިޓުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
Advertisement
Advertise with us
މިނިސްޓަރު މުއްތަލިބު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސައިން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މެންބަރު ވަނީ ފުވައްމުލަކު ސިޓީގައި އަޅަމުންދާ ފްލެޓްތަކުގެ މަސައްކަތް ވަރަށް ބޮޑަށް ލަސްވާތީ ރައްޔިތުންގެ ޝަކުވާ ހުރިކަން ފާހަގަކުރައްވައިފައެވެ.

އަދި ވިދާޅުވީ، ވޭތުވެދިޔަ ސަރުކާރުން ފުވައްމުލަކުގައި ހަވާލުކުރި 400 ހައުސިން ޔުނިޓުގެ މަސައްކަތް ފެށިގެން ދިޔައިރު ވެސް އެ މަޝްރޫއު ލަސްކަން ފާހަގަކުރެއްވޭ ކަމަށެވެ.

އެހެންނަމަވެސް، މި ސަރުކާރުން އެ ސިޓީގައި އަޅަން ހަވާލުކުރި 75 ޔުނިޓުގެ މަސައްކަތް ބާރު މިނުގައި ކުރިއަށްދާކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.

މީގެ އިތުރުން އަންނަ އަހަރުގައި، މިހާރު ފަށާފައިވާ ގިނަ މަޝްރޫއުތައް  ނިންމަން އަމާޒު ހިފާފައިވާކަން ވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވައިފައެވެ.