އިދިކޮޅު ޕީޕީއެމް އިން ”ފެލާލައިފި“ގެ ނަމުގައި ހާއްސަ ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.

މި ޖަލްސާ ބޭއްވުމަށް ނިންމާފައިވަނީ މިމަހުގެ 23 ވަނަ ދުވަހުގެ ރޭ 8:30 ގައި ކާނިވަލް ސަރަހައްދުގައެވެ.

ސަރުކާރާ މެދު ހިތްހަމަނުޖެހޭ ވީހާވެސް ގިނަ ބަޔަކު މިޖަލްސާގައި ބައިވެރިވުމަށް ޕީޕީއެމް އިން ވަނީ ދައުވަތު ދީފައެވެ.

”ފެލާލައިފި“ގެ ނަމުގައި މި ޖަލްސާ ބާއްވަން ނިންމީ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ނުފުއްދައި، ރައްޔިތުންގެ އަތުން ނަގަމުންދާ ޓެކްސް ބޮޑުކޮށް، ތަކެތީގެ އަގު އުފުލާ، ޚިދުމަތްތަކުގެ އަގު ބޮޑުވެ، އެކި ނަންނަމުގައި ރައްޔިތުން ޖޫރިމަނާކޮށް ރައްޔިތުން ”ފެލަމުންދާތީ“ އެކަންކަމާ ދެކޮޅަށް އަޑު އުފުލުމުގެ ގޮތުން ކަމަށް އިދިކޮޅުން ބުނެއެވެ.