އިންތިހާބު ގާތްވާ ވަރަކަށް ދައްކާނެ ގިނަ ވާހަކަ ހުންނާނެ ކަމަށް ސަރުކާރު ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް، އަދި ހޯމް މިނިސްޓަރު، އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކެންޑިޑޭޓުން ގިނަ ވާހަކަތަކެއް ދެއްކެވިޔަސް، ޖަޖު ކުރާނީ ވޯޓުލާ ރައްޔިތުން ކަމަށެވެ.
Inthikhaabu gaaiyvaa varakah dhakkane lakka gina vaahaka hunnaane.
Judge kurahvaanee hama vote dheyn thibbavaa beyfulhunneve.— Imran Abdulla (@ShimranAb) January 3, 2023
އިމްރާން މިހެން ވިދާޅުވިއިރު، މި މަހުގެ 28 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް، ވާދަ ކުރައްވާ ދެ ކެންޑިޑޭޓުންގެ ޓީމުން އަންނަނީ ވަރަށް ފޯރީގައި ކެމްޕެއިން ކުރައްވަމުންނެވެ. އިމްރާންގެ ޓްވީޓް އަމާޒު ކުރެއްވީ، އެންމެ ފޯރި ގަދަކޮށް ކެމްޕެއިން ކުރިއަށް ގެންދަވާ ރައީސް މުހައްމަދު ނަޝީދަށް ކަމަށް ބެލެވެއެވެ.
ކެމްޕެއިން އިވެންޓުތަކުގައި، ރައީީސް ނަޝީދު ގެންދަވަނީ، ވާދަވެރިޔާ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.
