އިންތިހާބެއްގައި ވާދަކޮށް ބަލިވުމުން އެކި ބަހަނާތައް ދައްކައި ބަލި ގަބޫލު ނުކުރުމަކީ ޑިކްޓޭޓަރުންގެ ސިފައެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހީމް ޝަރީފު (މަވޯޓާ) ފާޑު ވިދާޅުވެއްޖެއެވެ.
ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހީމް ސޯލިހާ ވާދަކުރައްވައި ރިޔާސީ ޓިކެޓްގެ ފުރުސަތު ގެއްލިވަޑައިގަތުމުން ނަޝީދު ވަނީ ބަލި ގަބޫލުކުރައްވަން ދެކޮޅު ހައްދަވައިފައެވެ.
އެކަމާ ގުޅުވައި މަވޯޓާ މިއަދު ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ އިންތިހާބެއްގައި ބަލި ގަބޫލުކުރުމަކީ ޑިމޮކްރަސީގެ ހަމަތައް ގަބޫލުކުރައްވާ ލީޑަރުންގެ ސިފައެއް ކަމަށެވެ.
ޕްރައިމަރީން ލިބިވަޑައިގެންނެވި ނާކާމިޔާބީއަށްފަހުގައި ރައީސް ނަޝީދު ވަނީ ބަލި ގަބޫލު ކުރައްވައި، ރައީސް ސޯލިހު މޮޅުވީ ކުޑަ ތަފާތަކުން ކަމަށް ވިދާޅުވެފައެވެ.
