މިހާރު ވެރިކަން ކުރައްވަމުން އަންނަ ފަރާތްތަކުން ރާއްޖެއަށް ގެނެސްފައިވަނީ ފާސިގު ޑިމޮކްރަސީއެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
އިދިކޮޅުން މިއަދު ފެށި ”ހޯޕް ކޮންފަރެންސް“ގައި ވާހަކަ ދައްކަވަމުން، ކުރީގެ ނައިބު ރައީސް ޑރ.ޖަމީލު ވިދާޅުވީ ރާއްޖެއަށް ޑިމޮކްރަސީއާ ތަަރައްގީވެސް ގެނެސްދެއްވީ އެންމެ ބޭފުޅެއް ކަމަށާއި، އެއީ އިދިކޮޅު ލީޑަރު، ރައީސް ޔާމީން އަބްދުލްގައްޔޫމް ކަަމަށެވެ.
”ރާއްޖެ އަށް ޑިމޮކްރެސީ ގެންނެވީ އެހެން އެއްވެސް ފަރާތަކުން ނޫން. ރާއްޖޭގެ ޑިމޮކްރެސީގެ ބާނީ، ރާއްޖޭގެ ތަރައްގީގެ ބާނީ އަކީ އެކެއް، އެއީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް.“ ޖަމީލު ވިދާޅުވިއެވެ.
ޖަމީލު ވިދާޅުވީ މިހާރު ވެރިކަމުގައި ތިއްބެވި އެމްޑީޕީގެ ފަރާތުން ރާއްޖެ އަށް ގެނެސްފައިވަނީ ފާސިގު ޑިމޮކްރެސީއެއް ކަމަށެވެ. އެގޮތުން އިންތިހާބާ ދިމާކޮށް ވައުދު ވުމަކީ އެމްޑީޕީން މީގެކުރިން ދެކޮޅު ހެދި ކަންކަން ކަމަށާއި ނަމަވެސް މިއަދު ފެންނަނީ އެފަދަ ކަންކަން ކުރާ މަންޒަރު ކަމަށް ޖަމީލު ވިދާޅުވިއެވެ.
