އާ ސިޔާސީ ޕާޓީއެއް ހެދުމުގެ ހުއްދަ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރަށް ދީފިއެވެ.
ޖާބިރު ހަދާ އާ ސިޔާސީ ޕާޓީއަށް ކިޔަނީ ”ގްރީން ޕާޓީ އޮފް މޯލްޑިވްސް“އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ގްރީން ޕާޓީ އޮފް މޯލްޑިވްސްގެ ނަމުގައި ޕާޓީއެއް އުފެއްދުމަށް ހ.ތިމާވެށި އަބްދުﷲ ޖާބިރަށް ހުއްދަ ދީފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންވެސް ޖާބިރު ވަނީ އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އޭނާއަށް އިލެކްޝަނުން ދީފައިވާ ކަން ހާމަކުރައްވާފައެވެ.
އަދި އެ ޕާޓީއަށް މެންބަރުން ހަމަކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ ގްރީން ޕާޓީ މަސައްކަތް ކުރާނީ ޕްލޭނަކާ އެކު ކަމަށާއި، އޮޑިދޯނިފަހަރާއި ގޭގެއަށް ގޮސް ރައްޔިތުންގެ ހާލަތު ބަލާނެ ކަމަށެވެ.
