ނޫސްވެރިކަމުގެ ތެރޭގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރެއްވި ހޯރަފުށީ މުހައްމަދު ސަލީމަށް ރޭ ހާޓްއެޓޭކެއް ޖެހިގެން ފަރުވާ ދޭން ފަށައިފިއެވެ.
އޭނަ އަށް ފަރުވާ ދެމުން އަންނަނީ އޭޑީކޭ ހޮސްޕިޓަލްގައެވެ.
ހޯރަފުށީ ދާއިރާގެ މިހާރުގެ މެމްބަރު އަހުމަދު ސަލީމްގެ އެއްބަފާ ބޭބެ ސަލީމަކީ 80 ގެ އަހަރުތަކުން 2000 ގެ ކުރީކޮޅާ ހަމައަށް ނޫސްވެރިކަމުގެ ތެރޭގައި އުޅުއްވި ބޭފުޅެކެވެ.
އެގޮތުން ކުރީގެ ”ހަވީރު“ ގެ ސަބް އެޑިޓަރުކަމާއި ”މިއަދު“ ނޫހުގެ އެޑިޓަރުކަން ވެސް ކުރެއްވިއެވެ.
ސަލީމަކީ ނޫސްވެރިކަމުގެ ގައުމީ އިނާމާއި ރާއްޖޭގެ ނޫސްވެރިކަމުގެ ރަން ޔޫބީލް ގަލަމާއި އަލިމަސް ގަލަން ވެސް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.
ނޫސްވެރިކަމަށް ފަހު ސަލީމް މަސައްކަތްކުރައްވަމުން ގެންދެވީ ތައުލީމީ ދާއިރާގައެވެ. އޭނަ ވާހަކަ ފޮތްތަކެއް ވެސް ނެރުއްވާފައިވެއެވެ.
