ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ތަހުޤީޤަށް ހާޒިރުކުރަންޖެހޭ މީހަކު ހޯދަން އިއުލާންކޮށްފިއެވެ.

ފުލުހުން ހޯދަން އިއުލާންކޮށްފައިވަނީ ގދ. ހޯނޑެއްދޫ / ދޯދި، މުޙައްމަދު އަކުރަމް ޢަބްދުލްޙަންނާން (33އ)އެވެ.

ފުލުހުން ވިދާޅުވީ އޭނާ ހޯދަން އިޢުލާނު ކުރީ ޑްރަގް އެންފޯސްމަންޓަށް ހުށަހެޅި ތަހުޤީޤު ކުރަމުންދާ މައްސަލައެއްގެ ތަހުޤީޤަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުޤީޤަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައި ނުވާތީއާއި އާއިލާއަށްވެސް އުޅޭ ވަކިތަނެއް އެނގިފައިނުވާތީކަމަށެވެ. އެހެންކަމުން ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައިވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާންކުރާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ އޭނާ ހާޒިރުކުރަނީ މަސްތުވާތަކެތީގެ މައްސަލައެއްގެ ތަހުގީގުގައި ސުވާލުކުރުމަށްކަމަށެވެ. އަދި އަންނަމަހުގެ 13 ވަނަ ދުވަހުގެ 14:00އަށް ފުލުހަށް ހާޒިރުވުމަށް ވަނީ އަންގާފައެވެ.