މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި މަޝްހޫރު ވިޔަފާރިވެރިޔާ އަދި މަހުޖަނު އުއްޗު ތާއީދު ކުރަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށްކަން ހާމަ ކުރައްވައިފިއެވެ.

މިކަން ހާމަ ކޮށްފައިވަނީ އުއްޗުގެ އަމިއްލަ ރިސޯޓު، ޗަމްޕާ ގިރީގައި ރައީސްގެ ސޯލިހުގެ ދެކަނބަލުންނަށް ހާއްސަކޮށްގެ ބޭއްވި ރޯދަ ވީއްލުމެއްގައެވެ.

މި ރޯދަ ވީއްލުމުގައި، އުއްޗުގެ ތާއީދު އޮތީ ރައީސް ސޯލިހަށްކަން ހާމަ ކުރެއްވުމުގެ ގޮތުން އުއްޗު ރައީސަށް ހަދިޔާ ކުރެއްވީ ”އިބޫ 23″ މި ޝިއާރު ބޮޑު އަކުރުން ފަވާފައިވާ އޮތް ޖާޒީއެކެވެ.

ރައީސް ސޯލިހުގެ ދެކަނބަލުންނަށް ޚާއްސަ ކޮށްގެން ބޭއްވި މި ރޯދަ ވީއްލުމުގައި ކެބިނެޓްގެ ބައެއް ވަޒީރުންގެ އިތުރުން ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުންވެސް ބައިވެރިވެވަޑައިގެންފައި ވެއެވެ.