ދުނިޔޭގެ އޮއިވަރުތަކުގައި ނުޖެހި ހެޔޮގޮތުގައި ކުޑަކުދިން ބޮޑު ކުރުމަށް އެންމެހާ ފަރާތްތަކުން މަސައްކަތް ކުރަންޖެހޭ ކަމަށް މާލެ ސިޓީގެ މޭޔަރު، އަދި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.
މޭޔަރު މުއިއްޒު މިކަމަށް އިލްތިމާސް ކުރެއްވީ އިއްޔެ ފާހަގަކުރި ކުޑަކުދިންގެ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައި، ދެއްވި މެސެޖުގައެވެ.
ކުރީގެ ހައުސިން މިނިސްޓަރު ވިދާޅުވީ ކުޑަކުދީންނަކީ ބަވަނަވެފައިވާ ދުނިޔޭގައި ޖެހޭ ވަޔާ އެނބުރޭ އޮއިވަރުތަކުގައި ނުޖެހި ހެޔޮގޮތުގައި ބޮޑުކުރެވޭ ބައެއްކަމުގައި ހެދުމަށް އެންމެހާ ފަރާތްތަކުން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
އެގޮތުން ކުޑަކުދިން ހެޔޮގޮތުގައި ބޮޑެތި ކުރުމަށް މައިންބަފައިންނާއި ބެލެނިވެރީން އަދި މުދައްރިސުންނާއި، ސިޔާސަތު ބައްޓަންކޮށް ހިންގާ ފަރާތްތަކުގެ އިތުރުން މުޢައްސަސާތަަކާއި، މުޖުތަމައުގެ އެންމެހާ ފަރާތްތަކުން ސަމާލުކަން ދޭންޖެހޭ ކަމުގައި މޭޔަރު ވިދާޅުވިއެވެ.
އަދި އެ ގޮތުގައި އަޒުމް ކަނޑައަޅާ މަސައްކަތްކުރުމަކީ ނުހަނު ބޭނުންޖެހިފައިވާ މުހިންމު ކަމެއްކަން މިފަދަ ދުވަހެއްގައި ފާހަގަކުރައްވާ ކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.
