ހދ. ކުޅުދުފުށި ގެއެއްގެ ފާހަނާގައި މީހަކު މަރުވި މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނި ގޮތުގައި އެމީހާ ފާހަނާ އަށް ވަދެ ގިނައިިރު ވެގެން ބެލި އިރު އޮތީ ފާހަނާ ތެރެއަށް ވެއްޓިފައެވެ.

އަދި މިއަދު ހެނދުނު 10:30 ހާއިރު ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.

ފުލުހުން ބުނީ ކުޅުދުފުށި ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އެމީހާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދިން ކަމަށެވެ.

މަރުވީ އުމުރުން 48 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.