ތޫނު އެއްޗަކުން ހަމަލާދީ ސ. މަރަދޫފޭދޫ، ބްލޫސްޓަރ، އަހުމަދު ޝުއައިބު މަރާލި މައްސަލައިގައި ހައްޔަރު ކޮށްފައިވާ އޭނާގެ ކޮއްކޮ ހުސެއިން މަވާޒް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރު ކޮށްފިއެވެ.

ފުލުހުން ބުނީ، މަވާޒްގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން މިއަދު އަމުރު ކޮށްފައި ކަމަށެވެ.

ލިބުނު ޒަހަމްތަކަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް އުމުރުން 27 އަހަރުގެ ޝުޢައިބު ނިޔާވީ މި މަހުގެ 1 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ.

ޝުޢައިބުއަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައި ވަނީ ފޯނެއްގެ މައްސަލައިގައި ކަމަށާއި މަވާޒް ޝުޢައިބަށް ހަމަލާދިން އިރު ހުރީ މަސްތުގެ ހާލުގައި ކަމަށް މައުލޫމާތު ލިބެއެވެ.