ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، އީދު ފާހަގަ ކުރުމަށް އެމަނިކުފާނުގެ އުފަން ރަށް ޅ. ހިންނަވަރަށް ވަޑައިގެންފިއެވެ.

އެމަނިކުފާނު ހިންނަވަރަށް ވަޑައިގެންފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

މިކަން ހާމަކޮށް އެމްޑީޕީން ބުނީ، މިއީ ރައްޔިތުންނާއިއެކު ޢީދު ފާހަގަ ކުރުމަށް ރައީސް ކުރައްވާ ނުރަސްމީ ދަތުރުފުޅެއް ކަމަށެވެ.

އީދު ބަންދަށްފަހު ރައީސް ސޯލިހު ވަނީ ރިޔާސީ ކެމްޕެއިންގައި ރަށްތަކަށް ދަތުރު ކުރުމަށް ނިންމަވާފައެވެ.