މުދަލު ޒަކާތުގެ ގޮތުގައި މިއަހަރުގެ މޭ މަހުގެ ނިޔަލަށް 48.1 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
ދައުލަތުގެ ޓެކްސް އިދާރާ، މީރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މުދަލު ޒަކާތުގެ ގޮތުގައި ލިބުނު އަދަދު ވަނީ މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ 11.4 ޕަސަންޓް އިތުރުވެފައެވެ.
މުދަލު ޒަކާތުގެ ގޮތުގައި މިދިޔަ އަހަރުގެ މޭ މަހުގެ ނިޔަލަށް ލިބުނީ 43.1 މިލިއަން ރުފިޔާއެވެ.
މީރާގެ އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ވެސް އަދި މީރާއަށް ގޮސްގެން ވެސް މުދަލުގެ ޒަކާތް ދެއްކެ އެވެ. މުދަލު ޒަކާތް ކުރިން ދައްކަނީ އިސްލާމިކް މިނިސްޓްރީ އަށެވެ. ނަމަވެސް 2016 ވަނަ އަހަރުން ފެށިގެން މުދަލު ޒަކާތް ބަލައިގަތުން ވަނީ މީރާ އަށް ބަދަލުކޮށްފަ އެވެ.
މުދަލު ޒަކާތް ވާޖިބުވާ ނިސޯބު ކަނޑައަޅަނީ މިނިސްޓްރީންނެވެ. މިވަގުތު މުދަލު ޒަކާތް ވާޖިބުވާ ނިސޯބުގެ އަދަދަކީ 7312.55 ރުފިޔާއެވެ.
