ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ދިނުން ރައްޔިތުންނަށް ލާޒިމު ކަމަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

އައްޑޫގައި ކުރިއަށްދާ މަޝްރޫއުތައް ދައްކާލަމުން ނިހާދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގަބޫލުކުރަން ދަތިވިޔަސް މުޅިން އެހެން އައްޑޫ އަށް އައްޑޫ ބަދަލުކުރަން ފެށުނު މަސައްކަތް ނިމެމުންދާ ކަމަށެވެ.

އަދި ފެށިފައިވާ ބިޔަ މަޝްރޫއުތައް ނިންމައި، ހަގީގީ ސިޓީއެއްގެ ކުލަ ޖެއްސުމަށް ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދިނުން އައްޑޫ ރައްޔިތުންނަށް ލާޒިމު ކަމަށް ނިހާދު ވިދާޅުވިއެވެ.

ސަރުކާރުން މިހާތަނަށް އައްޑޫގެ ތަރައްގީ އަށް 6 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.