ރާއްޖެއިން ހައްޖަށް ދިޔަ އިތުރު މީހަކު ނިޔާވެއްޖެއެވެ.
މިކަމާ ގުޅޭ މައުލޫމާތު ހާމަކޮށް، އިސްލާމިކް މިނިސްޓްރީން ބުނީ ނިޔާވީ ދ. މާއެނބޫދޫ، ފިޔާތޮށިގެ، އަލީ ހަސަން 72 ކަމަށެވެ. އަލީ ހަސަން ހައްޖަށް ދިޔައީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައެވެ.
އޭނާ ނިޔާވީ މައްކާގެ ސައުދީ ޖާމަން ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ރާއްޖެ ގަޑިން 6:17 ގައެވެ.
މިއީ ރާއްޖެ އިން މިއަހަރު ހައްޖަށް ދިޔަ މީހުންގެ ތެރެއިން ނިޔާވި ދެވަނަ މީހާއެވެ.
މީގެކުރިން ނިޔާވީ ގެއްލިގެން ހޯދަމުންދިޔަ ދިވެހި ހައްޖުވެރިޔާ މުހައްމަދު ނަސީމް އަލީއެވެ.
މީގެ ގެއިތުރުން ހާލު ދެރަވެގެން 85 އަހަރުގެ ދިވެހި ފިރިހެނަކާއި 58 އަހަރުގެ ދިވެހި އަންހެނަކަށް އަންނަނީ އައިސީޔޫގައި ވެސް ފަރުވާ ދެމުންނެވެ.
