އީދު ކުޅިވަރުތަކުގައިވެސް ހެދުން އެޅުމުގެ މިންގަނޑުތަކެެއް ހުންނަންޖެހޭނެ ކަމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޔުމްނާ މިހެން ވިދާޅުވެފައިވަނީ، އީދު ފާހަގަކުރުމަށް ގއ. ވިލިނގިލީގައި ބޭއްވި ސްޓޭޖް ޝޯއެއްގައި ބަޔަކު ހެދުން އަޅާފައި ހުރިގޮތާމެދު ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށެވެ.

އެކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި މިނިސްޓަރު ޔުމްނާ ވިދާޅުވީ ޢީދަކީ ރަށުގެ ކުދިބޮޑު އެންމެން އެއްވެ އުފާފާޅުކޮށް ސަގާފީ ކުޅިވަރާއި ޒަމާނީ ކުޅިވަރުގެ ތެރެއިން އިޖުތިމާއީ ރޫޙު އާލާ ކުރާ ދުވަސްވަރެއް ކަމަށެވެެ.

އެހެންކަމުން އީދު ކުޅިވަރުގައި ވެސް އަދި އެހެނިހެން ކުޅިވަރުތަކުގައިވެސް ހެދުން އެޅުމުގެ ކޮންމެސް ކަހަލަ މިންގަނޑުތަކެެއް ހުންނަންޖެހޭ ކަމަށް ވިދާޅުވިއެވެ.