މިދިޔަ ޖޫންމަހު ފުލުހުންނަށް 746 މައްސަލައެއް ހުށަޅައިފިއެވެ.

ފުލުހުންގެ އިދާރާއިން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، އެންމެގިނައިން ހުށައެޅިފައިވަނީ ވައްކަމުގެ މައްސަލަތަކެވެ. މިފަދަ 172 މައްސަލައެއް ފުލުހުންނަށް ރިޕޯޓް ކޮށްފައިވެއެވެ.

މީގެ އިތުރުން ދެން އެންމެ ގިނަ އަދަދަކަށް ރިޕޯޓް ކޮށްފައިވަނީ އެކްސިޑެންޓްގެ މައްސަލަތަކެވެ. އެއީ 140 މައްސަލައެވެ.

މީގެ އިތުރުން ހުށައެޅިފައިވާ މައްސަލަތަކަކީ މުދަލަށް ގެއްލުން ދިނުމުގެ 39 މައްސަލައަކާއި، މަކަރާއި ހީލަތް ހެދުން 55 މައްސަލައަކާއި، ޖިންސީ ގޯނާގެ 20 މައްސަލަ އާއި އަނިޔާ ކުރުމުގެ 45 މައްސަލަ އާއި ގެވެށި އަނިޔާ 11 މައްސަލަ އާއި، ފޭރުމުގެ 21 މައްސަލަ އާއި، ފޯޖް ކުރުމުގެ 9 މައްސަލަ އަކާއި، މަސްތުވާތަކެއްޗާ ގުޅޭ 117 މައްސަލަ އާއި، އެއްޗެހި ގެއްލުމުގެ 116 މައްސަލައެކެވެ.

ކޮންމެ މަހަކު ވެސް ފުލުހުން ތަފާސް ހިސާބުތައް ނެރޭއިރު އެންމެ ގިނައީ ވައްކަމާއި އެކްސިޑެންޓާއި ފޭރުމުގެ މައްސަލަތަކެވެ.