ވިލިމާލެއިން ގެއްލިގެން ހޯދަމުން ދިޔަ އަންހެން މީހާ، އަމިއްލައަށް ގެއަށް އައިސްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

އިއްޔެގެ ވަގުތެއްގައި ވިިލިމާލެއިން ގެއްލިގެން ހޯދަމުން ދިޔައީ މ. އާޒާދީގުލަޝަން، އާތިފާ ނަމަކަށް ކިޔާ ދިވެހި އަންހެނެކެވެ.

ފުލުހުން ބުނީ އާތިފާ ގެއްލިގެން ރިޕޯޓު ކޮށްފައިވަނީ މިއަދު ހެނދުނު 10:25 އެހާކަން ހާއިރު ކަމަށެވެ.

މިއަދު މީސް މީޑިއާގައި މަންމަ ގެއްލިގެން އުޅޭކަމަށް ރިޕޯޓްކޮށްފައި ވަނީ އާތިފާގެ ދަރިފުޅެވެ.

އާތިފާގެ ދަރިފުޅު މީސްމީޑިއާގައި ކުރިން ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ މަންމަ މިހާރު ފެނިއްޖެ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ. ނަމަވެސް އޭރު ފުލުހުން އެކަން ދޮގު ކުރިއެވެ.

ފުލުހުން ފަހުން ބުނީ، އާތިފާ އަމިއްލައަށް ގެއަށް އައިސްފައިވާއިރު، އޭނާގެ ހާލު ރަނގަޅު ކަމަށެވެ.