ދިވެހިރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ އިތުރު މީހަކު ނިޔާވެއްޖެއެވެ.
މައުލުމާތު ލިބިފައިވާގޮތުގައި ހައްޖުގެ އަޅުކަމުގައި މައްކާގައި އުޅެނިކޮށް ކުއްލި ގޮތަކަށް ނިޔާވެފައިވަނީ ނ. ހޮޅުދޫ، އުދަރެސް، ގާސިމް އިބްރާހިމެވެ.
މިއީ މިފަހަރު ހައްޖަށް ދިޔަ ދިވެހިންގެ ތެރެއިން ނިޔާވި ތިން ވަނަ މީހާއެވެ.
މިދިޔަ ހުކުރު ދުވަހުވަނީ ދ. މާއެނބޫދޫ، ފިޔާތޮށިގޭ، އަލީ ހަސަން ނިޔާވެފައެވެެ. އަދި މިދިޔަ ބުރާސްފަތި ދުވަހު ރ. މާކުރަތު، މަލަ، މުހައްމަދު ނަސީމް އަލީ ވަނީ ނިޔާވެފައި އޮއްވާ ފެނިފައެވެ.