ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީން ވަކިވި ފަރާތްތައް އުފައްދާ އާ ސިޔާސީ ޕާޓީ ”ދަ ޑިމޮކްރެޓްސް“ އުފެއްދުމަށް ބާއްވާ ޖަލްސާގައި ރައީސް މުހައްމަދު ނަޝީދު ޑިމޮކްރެޓްސްއާ ގުޅިވަޑައިގެން، އެ ޕާޓީއަށް ސޮއި ކުރައްވަން ހަމަޖެހިއްޖެއެވެ.

ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާ އޮންނާނީ މާދަމާ ރޭ 8:30 ގައި، ޣިޔާސުއްދީން ސްކޫލު ހޯލުގައެވެ.

އެމްޑީޕީ އުފެއްދުމުގައި އިސްކޮށް އުޅުއްވި ރައީސް ނަޝީދު އެ  ޕާޓީން ވަކިވެވަޑައިގެންނެވީ މިދިޔަ މަހުގެ 21 ގައެވެ. ރައީސް ނަޝީދު އިސްވެ ހުންނަވައި އުފައްދާ ޕާޓީގެ ފަރާތުން ރިޔާސީ ކެންޑިޑޭޓެއް ނެރޭނެ ކަމަށް ބުނެފައިވާއިރު، އެ ކެންޑިޑޭޓަކީ ރައީީސް ނަޝީދަށް ވުން ގާތެވެ.