މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދެމުން ގެންދާ ނޫސްވެރިކަމުގެ އިނާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ކައުންސިލުން އިތުރު ވަގުތު ދީފިއެވެ.

އެމްއެމްސީއިން ނޫސްވެރިންގެ އެވޯޑަށް ކުރިމަތިލުމަށް ކުރިން ހުޅުވައިލީ މި މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށެވެ.

ނަމަވެސް މިހާރު ވަނީ މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް މުއްދަތު އިތުރުކޮށްފައެވެ.

މިދިޔަ އަހަރު ގޮތަށް މިއަހަރުވެސް އެވޯޑް ދިނުމަށް ހަމަޖެހިފައިވަނީ 12 ދާއިރާ އަކުންނެވެ.

ނޫސްވެރިންނަށް އެވޯޑު ދިނުމުގެ ބޭނުމަކީ އެމީހުން ކުރާ ބުރަ މަސައްކަތް އަގުވަޒަންކޮށް ކުރިއަށް ދިއުމަށް ހިތްވަރު ދިނުން ކަމަށް މީޑިއާ ކައުންސިލުން ބުނެއެވެ.