މިދިޔަ މަހުގެ ނިޔަލަށް އެމްޑީޕީގައި ތިބި މެމްބަރުންގެ އަދަދު 58،000 އަށް އަރާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން(އީސީ)ގެ ތަފާސް ހިސާބުން ދައްކައިފިއެވެ.
ސިޔާސީ ޕާޓީގެ ގާނޫނުގައިވާ ގޮތުން ދައުލަތުން ދޭ ފައިސާ ލިބޭނީ މެމްބަރުންގެ އަދަދު 10،000 އަށް އެރުމުންނެވެ.
ސިޔާސީ ޕާޓީތަކުގައި މިހާރު ތިބި މެމްބަރުންގެ އަދަދު:
– އެމްޑީޕީ: 58،035
– ޕީޕީއެމް: 38،831
– ޖޭޕީ: 22،705
– އެމްޑީއޭ: 10،227
– އަދާލަތު ޕާޓީ: 9،595
– އެމްޓީޑީ: 3،014
– ޕީއެންސީ: 3،139
– އެމްއާރްއެމް: 2،892
– އެމްއެންޕީ: 9،729
އިލެކްޝަންސް ކޮމިޝަނުން ވަނީ ދައުލަތުގެ ބަޖެޓުން މި އަހަރު ހަ ސިޔާސީ ޕާޓީއަކަށް ފައިސާ ދިނުމަށް ނިންމައިފައެވެ.
އެއީ ފާއިތުވި އަހަރުގެ އޮޑިޓް ރިޕޯޓާއި، އަހަރީ ރިޕޯޓު އީސީ އަށް ހުށަހެޅި ހަ ޕާޓީ ކަމަށް އީސީން ބުނެއެވެ.
އެ ހަ ޕާޓީއަކީ އެމްޑީޕީ، ޕީޕީއެމް، ޖުމްހޫރީ ޕާޓީ (ޖޭޕީ)، އަދާލަތު ޕާޓީ، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އަދި މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)އެވެ.
ނަމަވެސް ވަކިވަކި ޕާޓީތަކަށް ލިބޭ މިންވަރު ހާމަކޮށްފައެއް ނުވެއެވެ.