ލޯންޗެއްގެ ބެޓެރީ ގޮވައި ހަ މީހަކަށް އަނިޔާވެއްޖެއެވެ.
މި ހާދިސާއާއި ގުޅޭގޮތުން އެމްއެންޑީއެފުން ވިދާޅުވީ، ރ.އަތޮޅު އުނގޫފާރުން މާލެއަށް 39 މީހުނާއެކު ދަތުރުކުރި ”ކްރިސްޓަލް ސްޕީޑް“ ކިޔާ ފެރީ ލޯންޗުގައި ބެޓެރިއެއް ގޮވުމުގެ ސަބަބުން ހަ މީހަކަށް އަނިޔާވެފައިވާ ކަމަށެވެ.
އަދި ލޯންޗުގައި ތިބި މީހުންނަށް އެހީތެރިވުމަށް އެމްއެންޑީއެފް ކޯސްޓްގާޑު ހަރަކާތްތެރިވަމުންދާ ކަމަށެވެ.
މި ހާދިސާ ހިނގީ އެރިޔަދޫ ރިސޯޓު ކައިރިން ކަމަށްވާއިރު އަނިޔާ ލިބުނު މީހުން އެރިޔަދޫ ރިސޯޓު ކްލިނަކަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.
އެމީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
