މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޔާމީން ވާދަނުކުރައްވަން، ”ދަ ޑިމޮކްރެޓްސް“ގެ ބާނީ، ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

Ads by Asuru
ރައީސް ނަޝީދު މިކަމަށް އެދިވަޑައިގެންފައި ވަނީ، ރޭ ބޭއްވި ”ދަ ޑިމޮކްރެޓްސް“ ޕާޓީ އުފެއްދުމުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ޖަލްސާގައި ރައީީސް ނަޝީދު ވިދާޅުވީ އެއްވެސް މީހަކު ޖަލުގައި އޮތުމަކީ އެއްވެސް އިރެއްގައި ރުހުނު ކަމެއް ނޫން ކަމަށެވެ. ރައުސް ޔާމީނަކީ ފަސް އަހަރު ރާއްޖޭގެ ވެރިކަން ކުރެއްވުމުގެ އިތުރުން ދައުލަތުގެ ވަޒީރުކަމާއި އެތައް ހިދުމަތްތަކެއް ކޮށްދެއްވާފައި ހުންނެވި ބޭފުޅެއް ކަމަށް ވެސް ވިދާޅުވިއެވެ.

”އަޅުގަނޑަށް ފެންނަ ފެނުމުގައި ރިޔާސީ އިންތިހާބުގައި އަޅުގަނޑުމެން ދެ މީހުން ވެސް ކުރިމަތިނުލާ، އަޅުގަނޑުމެން ދެމީހުން އެކުގައި ބާރަށް މަސައްކަތްކޮށްގެން ރާއްޖޭގެ ރައްޔިތުން މިއެދޭ ގޮތް ހޯދައިދޭންވީ،“ ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ މި ވެރިކަން ކަމުނުދާ ކަމަށް ރައްޔިތުން ބުނަމުންދާ ކަމަށާއި އެކަމަށް ގޮތެއް ހޯދައިދިނުމަކީ ސަރުކާރާއި ދެކޮޅަށް ތިބި ފަރާތްތަކުން ކުރަން ޖެހޭ ކަމެއް ކަމަށެވެ.

ރައީީސް ނަޝީދު ވިދާޅުވީ، އެކަމަކީ އެމަނިކުފާނާއި ޕީޕީއެމް-ޕީއެންސީ އާއި އެހެން ޕާޓީތަކުން ވެސް ގޮތް ދޫކުރުން ކަމަށާއި އެންމެންގެ މަޝްވަރާއާއެކު ރައްޔިތުންނަށް އެންމެ ބޭނުންވާ ގޮތް ހޯދޭނެ ކަމަށެވެ.