މާލޭގެ މޭޔަރު، ޑރ.މުހައްމަދު މުއިއްޒު ނޫން ބޭފުޅަކަށް، މާލެއިން ގޯތި ދިނުމުގެ ހައިސިއްހަތެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ދަ ޑިމޮކްރެޓްސްގެ ބާނީ ރައީީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ޑިމޮކްރެޓްސް އުފެއްދުމަށް ރޭ ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.
މިގޮތުން ރައީސް ނަޝީދުގެ ވާހަކަފުޅުގައި ވަނީ، ރާއްޖޭގެ ރައްޔިތުން އެދި ގޮވަމުންދާ ގިނަ ކަންކަން ހުރިކަން ފާހަގަކުރައްވައި، ރަށްރަށާއި ސިޓީ ތަކުގެ ކައުންސިލަރުންނާއި މޭޔަރުން އެދެމުންދިޔައީ ލާ މަރުކަޒީ ނިޒާމުގެ ދަށުން ސަރުކާރުން ކަންކަން ނިންމުމަށް ކައުންސިލް ތަކަށް ބާރު ދިނުން ކަމަށް ވިދާޅުވިއެވެ.
”އަޅުގަނޑުމެން މިރޭ ހިތްހަމަޖެހުނަސް ނުޖެހުނަސް، މާލޭގެ މޭޔަރު މުއިއްޒު ނޫން ބޭފުޅަކަށް، މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމުގެ ހައިސިއްޔަތެއް ނެތް.“
މާލެ ސަރަހައްދުން ގޯތި ލިބޭ މީހުންގެ ލިސްޓު، ސަރުކާރުން އާއްމު ކުރިއިރު، ލިސްޓުގައި ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަކޮށް، ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ.
މޭޔަރު މުއިއްޒު މީގެ ކުރިން ވަނީ، މާލޭގެ ރައްޔިތުންނަށް ގޯޯއްޗާއި ފްލެޓް ދިނުމުގެ ކަންކަމުގައި، ސަރުކާރުން މާލެ ސިޓީ ކައުންސިލާ މަޝްވަރާ ނުކުރާތީ، ކަންބޮޑުވުންފާޅުކުރައްވައިފައެވެ.
