އަމީނީ މަގުގައި ގަވައިދާ ހިލާފަށް ޕާކްކޮށްފައިވާ އުޅަނދުތައް މަގުމަތިން ނެގުމަށް ފުލުހުން އަންގައިފިއެވެ.

ފުލުހުން ބުނީ އަމީނީމަގުގައި ގަވާއިދާ ހިލާފަށް އެއްގަމު އުޅަނދު ޕާކުކޮށްފައި ހުރުމުގެ ސަބަބުން ޓްރެފިކް ތޮއްޖެހި ހިނގާބިނގާވާ މީހުންނަށާއި ދުއްވާ އުޅަނދުފަހަރަށް ދަތިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

”އެހެންކަމުން 2023 ޖުލައި 6 ވަނަ ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ބެލުމަށްފަހު، އަމީނީމަގުގައި ގަވާއިދާ ހިލާފަށް ޕާކުކުރާ އުޅަނދުތައް ޓޯކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ވާހަކަ ދަންނަވަން،“ ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނީ ވެހިކަލްތައް ނަގާއިރު ދިމާވާ ގެއްލުންތަކަށް ޒިންމާ ނުވާނެ ކަމަށެވެ.

ތާރުއަޅައިގެން އަމީނީ މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާއިރު މި މަސައްކަތުގެ އެއްބައި މިހާރު ވަނީ ނިންމާފައެވެ.