ކުރީގެ ރައީސް މުހައްމަދު ނަޝީދު ”ދަ ޑިމޮކްރެކްޓްސް“ އަށް ސޮއިކުރަން ހާއްސަ ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.

ނަމަވެސް އެ ޖަލްސާ ބާއްވާނެ ތާރީހެއް އަދި ހާމައެއް ނުކުރެއެވެ. ރައީސް ނަޝީދު އިސްކޮށް ހުންނަވައިގެން އުފައްދާ އާ ސިޔާސީ ޕާޓީ އަށް އިލެކްޝަން ކޮމިޝަން (އީސީ) މި މަހުގެ 2 ވަނަ ދުވަހު ހުއްދަ ދިނެވެ.

ޕާޓީ އުފެއްދުމުގެ ޖަލްސާ ވެސް މިހާރު ވަނީ ބާއްވައިފައެވެ. އެ ޖަލްސާގައި، ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް އުޅުއްވާ، މަޖިލީހުގެ މެމްބަރުންނާއި، ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގަތެވެ.