ރިޔާސީ އިންތިހާބުގައި، ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީންގެ ކެމްޕޭން ޝިއާރަކަށް ”ދިވެހީންގެ ރާއްޖެ“ ހަމަޖައްސައިފިއެވެ.
އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ކޯލިޝަންގެ ލީޑަރު ކުރީގެ ރައީސް ޔާމީންގެ ކެމްޕޭން ހަރަކާތްތައް ފަށާފައިވާއިރު، ރަސްމީ ސްލޯގަން އަދި ޑިޒައިން އެޕާޓިން ކަނޑައަޅާ ވަނީ އާންމުވެސް ކޮށްފައެވެ.
”ދިވެހިންގެ ރާއްޖެ“ ސްލޯގަންއާއި ގުޅޭގޮތުން ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ، މިއަދު އޮތީ ދިވެހިންގެ ރާއްޖެ ދިވެހީންނަށް ހޯދައިދޭން ޖެހިފައި ކަމަށެވެ.
އަދި އެކަން ކުރެވޭނެ ހަމައެކަނި ލީޑަރަކީ ރައީސް ޔާމީން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަންނަ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބަށް ރައީސް ޔާމީންގެ ކެމްޕެއިންގެ އަމަލީ މަސައްކަތް ރަސްމީކޮށް ފެށީ މިދިޔަ ހޯމަ ދުވަހުއެވެ.
