ހުރިހާ ހާލަތެއްގައިވެސް ސާފުތާހިރު ވުމަކީ އިސްލާމީ ސަގާފަތުގެ ތެރެއިން ވާކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުތުބާގައި ވަނީ މަގުމައްޗަށާއި، ހިޔާލިބޭ ގަސްގަތުގެ ދަށަށާއި، މީހުން ހިނގާބިގާވެ އުޅޭ ތަންތަނަށް ކުޑަކަމު ދިއުމާއި، ޤަޟާޙާޖަތް ކުރުމާއި، ކުޅުޖެހުންފަދަ ކަންކަމަކީ އިސްލާމް ދީނުގައި ނަހީ ކުރައްވާފައިވާ ކަންކަން ކަމުގައި ފާހަގަކޮށްފައެވެ.

”އިސްލާމް ދީނަކީ ސާފުތާހިރު ކަމުގެ ދީން“ މިމައުޟޫއަށް ޚާއްސަ ކުރެވުނު މިއަދުގެ ހުކުރު ޚުޡުބާގައި ވިދާޅުވި ގޮތުގައި ފަރުދީ ސާފުތާހިކަން، ނުވަތަ ޝަޚުސީ ސާފުތާހިރު ކަމަކީވެސް އިސްލާމްދީން ވަރަށް ބޮޑަށް ބާރުއަޅާފައިވާ ކަމެއްކަމުގައެވެ. މިގޮތުން ނިޔަފަތި ކެނޑުމާއި، ކިހިލި ފަށްދަށުން އިސްތަށި އުފުރުމާއި، މަތިމަސް ކުރު ކުރުންފަދަ ކަންކަމަކީ ޝަޚުސީ ސާފުތާހިރުކަމުގެ ތެރޭގައިވާ ކަންކަމެވެ.

މުސްލިމް އަޚުންނޭވެ! ތިމާގެ ހަށިގަނޑާއި، ފޭރާމާއި، ދިރިއުޅޭ ވެށީގެ ސާފްތާހިރުކަމަކީ އަޅުކަން ގަބޫލުވުމާއި މާތް ރަސްކަލާނގެ ރުއްސެވުމާއި، އެކިއެކި ބަލިމަޑުކަމުން ރައްކާތެރިވުމުގެ ވަސީލަތެކެވެ. އަދި ސާފުތާހިރުވުމަކީ މާތް ރަސްކަލާނގެ އާއި އެކަނލާގެ ރަސޫލާ އަމުރުކުރައްވާފައިވާ ކަމެކެވެ. ކީތި ޤުރުއާންގައި މާތް ރަސްކަލާނގެ ވަޙީ ކުރައްވާފައި ވެއެވެ. ”އަދި ކަލޭގެފާނުގެ ފޭރާންކޮޅުތައް ޡާހިރު ކުރައްވާށެވެ!“

މިއަދުގެ ހުކުރު ހުތުބާގައި ވެއެވެ.

ހުތުބާގައި އިތުރަށް ބުނެފައިވާ ގޮތުގައި ފެން ނުލިބިގެން ނުވަތަ އެހެން ސަބަބަކާހުރެ ވިޔަސް، ހިނައިގަތުމާއި، ވުޟޫ ކުރުމަށް ފެން ބޭނުން ކުރުމަށް ނުކުޅެދިގެންވާ މީހުންވެސް ނަމާދު ކުރުމާއި ޡަވާފްކުރުމަށް ޡާހިރުވުމަށް އިސްލާމް ދީނުގައި ވަނީ އަންގަވާފައެވެ.

އެއީ ތަޔައްމަމް ކުރުންކަން ބަޔާން ކުރައްވަމުން ޚުޡުބާގައި ވިދާޅުވެފައިވަނީ މިކަންކަމުންވެސް ދޭހަވަނީ އިސްލާމް ދީނުގައި ސާފުތާހިރުކަމަށް ދެއްވާފައިވާ މުހިންމުކަން ކަމުގައެވެ.