މޮރިޝަސްގެ ކުންފުންޏެއް ކަަމަށްވާ ސެންޑަލް މޮރިޝަސް ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި ތަރައްގީކުރާ ”ވަން ސެންޓްރަލް ޕާކް“ ރެސިޑެންސް ފްލެޓްތައް ނިންމާ، ފްލެޓް ގަނެފައިވާ މީހުންނަށް ތަޅުދަނޑި ހަވާލުކޮށްފިއެވެ.

ހުޅުމާލެ ސެންޓްރަލް ޕާކް ކައިރީގައި ހަދާފައިވާ މި ފްލެޓްތަކުގެ ބިންގާ އެޅީ އޭޕްރީލް 26، 2021 ގައެވެ.

ސެންޑަލް މޮރިޝަސް ޕްރައިވެޓް ލިމިޓެޑަކީ އިންޑިއާގެ ޓާޓާ ކުންފުނީގެ ސަބްސިޑަރީ ކުންފުންޏެކެވެ.

ސެންޑަލް މޮރިޝަސް އިން އަންނަނީ ”ސޮލިޓެއާ“ގެ ނަމުގައި މަތީ ފަންތީގެ ހައުސިން ޕްރޮޖެކްޓެއް މިހާރުވެސް ހުޅުމާލޭގައި ހިންގަމުންނެވެ.

މިމަޝްރޫއުގައި 64 އެޕާޓްމެންޓް ހެދުމަށް ހަމަޖެހިފައިވެއެވެ.