މާފުށީ ޖަލުގެ ގައިދީންނަށް ރިހިބިލިޓޭޝަން ޕްރޮގްރާމެއް ފަށައިފިއެވެ.

މި ޕްރޮގްރާމާ ގުޅޭގޮތުން، މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އިން ބުނީ 55 ގައިދީން ބައިވެރިވާ މި ޕްރޮގްރާމަކީ ރިހެބިލިޓޭޝަން ފްރޭމްވަކްގެ ފޭސް އެކެއްގެ 19 ވަނަ ބެޗް ކަމަށެވެ.

މިި ބެޗްގައި ބައިވެރިވަނީ މުޅިން ވެސް ފިރިހެން ގައިދީންނެވެ.

ރިހެބިލިޓޭޝަން ފްރޭމްވާކް ތައާރަފްކުރުމުގެ މަގުސަދަކީ ގައިދީން އިސްލާހުކޮށް، އެ މީހުންނަށް ތައުލީމާއި ހުނަރު އުނގަންނައިދީ، މުޖުތަމައަށް ނުކުންނަ އިރު އެ މީހުންނަކީ އާމްދަނީއެއް ލިބޭ ނޭފަދަ މަސައްކަތެއްކޮށްގެން ކުށުގެ ވެށިން ދުރުހެލިވެ އުޅުމަށް މަގުފަހިކޮށް ދިނުމެވެ.

ރިހެބިލިޓޭޝަން ފްރޭމްވާކް އެކުލެވެނީ ހަތަރުު ފޭހެއްގެ މައްޗަށެވެ. އެއީ ގައިދީންގެ ކިބައގައި ”ޑިސިޕްލިން“ ބިނާކުރުމާއި އެ މީހުންނަށް ”ސައިކޮލޮޖީ ޕްރޮގްރާމްތައް“ ހިންގުމާއި ”އެޑިއުކޭޝަން އަދި ވޮކޭޝަން“ ދަސްކޮށް ދިނުމުގެ އިތުރުން ”ޕްރިޒަން ކޮމިއުނިޓީ ސާވިސް”އެވެ.