އޭނާގެ ވެރިކަމެއްގައި ޕީއެޗްޑީއާ ހަމައަށް ހިލޭ ކިޔެވޭނެ ފުރުސަތު ފަހިކޮށް ދެއްވާނެ ކަމަށް މޯލްޑިވްސް ނެޝަން ޕާޓީ އެމްއެންޕީ) ގެ ރިޔާސީ ކެންޑިޑޭޓް ކާނަލް މުހައްމަދު ނާޒިމު ވިދާޅުވެއްޖެއެވެ.

އޭނާގެ ”އުޖާލާ ޒަމާން“ ކެމްޕޭންގެ ދަށުން ރޭ ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ވިދާޅުވީ ނާޒިމް ވިދާޅުވީ، އޭނާގެ ތައުލީމީ ސިޔާސަތަކީ ނާސަރީން ފެށިގެން ޕީއެޗްޑީއާ ހަމައަށް ހިލޭ ކިޔަވައި ދިނުން ކަމަށެވެ.

”އަޅުގަނޑުގެ ތައުލީމުގެ ސިޔާސަތަކީ ނާރސަރީން ފެށިގެން ޕީއެޗްޑީއާ ހަމައަށް ހިލޭ ކިޔަވައި ދިނުން،“ ނާޒިމު ވިދާޅުވި އެވެ. ”ޔަގީން ކުރައްވާ އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ އިރެެއްގައި ތިބޭފުޅުންގެ އަތުން އެންމެ ބޮޑު ލާރިއެއްވެސް ތިބޭފުޅުންގެ ކިޔެވުމަށް ހޭދަކުރާކަަށް ނުޖެހޭނެ.“

އޭނަ ވިދާޅުވީ ގޮތުގައި އެމްއެންޕީގެ ސަރުކާރުގެ ސިޔާސުތައް ވަރަށް ތަފާތުވާނެ ކަމަށާއި ބޭނުން ވަނީ ރައްޔިތުންނާ ވަރަށް ގާތުން، ރައްޔިތުންނަށް ލާބަ އާއި މަންފޭ ލިބޭ ވެރިކަމެއް ކުރުން ކަމަށެވެ.

އެގޮތުން ތައުލީމީ ފުރުސަތުތައް ފުޅާކޮށް ފަހިކޮށް ދިނުމަކީ ވަަރަށް މުހިއްމު، ބޮޑު ސިޔާތަކަށް ވާނެ ކަމަށް ނާޒިމު ވިދާޅުވިއެވެ.