ޒިންމާދާރު ލިޔުންތެރިކަމަކީ މުޖުތަމައުގެ މޫނު ބަލާ ލޯގަނޑު ކަމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޔުމްނާ މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ލިޔުންތެރީންގެ ދުވަހާ ގުޅިގެންނެވެ.
ޒިންމާދާރު ލިޔުންތެރިކަމަކީ މުޖުތަމައުގެ މޫނު ބަލާ ލޯގަނޑެއްގެ އިތުރުން މުޖުތަމައުގެ މަސްލަހަތާއި އިޖުތިމާއޫ މިންގަނޑު ދަމަހައްޓާ އެއްޗެއްކަން ޔުމްނާގެ ޓުވީޓުގައި ފާހަގަކުރައްވާފައިވެއެވެ.
އަދި އެއީ މުޖުތަމައު ބައްޓަންކުރުމުގައި މުހިންމު ރޯލެއް އަދާކުރާ ކަމެއް ކަމަށް ވެސް ޔުމްނާ ވިދާޅުވިއެވެ.
ލިޔުންތެރިކަމުގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ޖުލައި 08 ގައެވެ.
މި ދުވަސް ފާހަގަކުރަނީ، 1933 ވަނަ އަހަރު ޖުލައި 08 ގައި ނެރުނު އަލްއިޞްލާޙް މަޖައްލާ ނެރުނު ދުވަހާ ގުޅުވައިގެންނެވެ.
